Last Updated: November 28, 06:03
Thursday, November 28, 2024
ޚަބަރު

ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މުހައްމަދު ޝަހީބު އައްޔަންކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ރައީސްކަން ވެސް ކުރެއްވި ޝަހީބަކީ މި ވަގުތު ރާއްޖޭގައި ތިބި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރެއިން އެކެކެވެ.

އެ ދާއިރާ އިން ގައުމީ އިނާމު ވެސް ހާސިލުކޮށްފައިވާ ޝަހީބު ވަނީ ކުރީގެ "ހަވީރު" ނޫހާއި "ސަން" ގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ޝަހީބަކީ މިހާރު "އަދިވެސް" ގެ ނަމުގައި ނޫހެއް ހިންގަމުން ގެންދަވާ ބޭފުޅެކެވެ.

އޭނަ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2004 ގައި އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން ވެސް 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހިބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައިވެ އެވެ.

ދެހާސް ނަވާރައިފައި ނޫސްވެރިކަމުގެ އަލިމަސް ގަލަން ވެސް ޝަހީބު ވަނީ ހާސިލުކުރައްވައިފަ އެވެ.