Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

އަންނަ އަހަރު ބަޖެޓް: 49.8 ބިލިއަން ރުފިޔާ

2024 ގެ ބަޖެޓް ފޮތް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގޮތުގައި 49.8 ބިލިއަން ރުފިޔާ ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމެޓީން ވަނީ ބަޖެޓަށް އިތުރު 306 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓަށް އިތުރު އިތުރު ކުރެވުނީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް އިތުރު 249 މިލިއަން ރުފިޔާއެވެ. ބާކީ އިތުރު ކުރެވުނު ބަޔަކީ އޮފީސްތަކުގެ ޚަރަދަށް އިތުރު ކުރެވުނު ބައިތަކެވެ.

ކޮމެޓީން ގެނައި ބަދަލުތަކަށް މިއަދު މަޖިލީހުގައި ނެގި ވޯޓުން ބަޖެޓު ފާސްކޮށްފައިވަނީ 68 މެންބަރުން ވޯޓާއި އެކުގައެވެ.

ފާސްކުރެވުނު ބަޖެޓުގެ ތަފްސީލަށް ބަލާއިރު:

– އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ.

– ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.9 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް އަންދާކޮށްފަ

– ޑެފިސިޓް: 16.3 ބިލިއަން ރުފިޔާ

– މިއަހަރު ބަޖެޓުގެ ރިކަރަންޓް ޙަރަދުތަކަށް 34.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް

މިއަހަރުގެ ބަޖެޓު ދިރާސާ ކުރިއިރު މި ސަރުކާރުން ބަޖެޓުގައި ހިމެނި އެންމެ ބޮޑު އެއް މަޝްރުޢުއަކީ ފުށިދިއްގަރު ފަޅުގެ މަޝްރޫޢުއެވެ. ނަމަވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ބަޖެޓު ކޮމެޓީން އެ މަޝްރުޢޫ ވަނީ ބަޖެޓުން އުނިކޮށްފައެވެ. އެ މަޝްރޫޢު އުނި ކުރީ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަޖެޓް ރީއެލޮކޭޓް ކުރުމަށާއި މިހާރު އެ މަޝްރޫޢުތަށް ނުނިންމާ އެހެން އައު މަޝްރުޢުއެއް ނުފެށުމަށް ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކަންދާ ޚަރަދު ހޯދާނެ ގޮތް ހިމަނާފައި ނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ފައިސާ ބަޖެޓުން އުނިކުރުމުގެ ބަދަލުގައި އެމްޑީޕީން އިސްވެ ވަނީ، ފުށިދިއްގަރު ހިއްކުމުގެ 400 މިލިއަން ރުފިޔާގެ ތެރެއިން 200 މިލިއަން ރުފިޔާ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުގައި ކުރީގެ ސަރުކާރުން ހިންގި ގެދޮވެރިޔާ ސްކީމު ނިންމުމަށް ކަނޑައަޅާފަ އެވެ. އަދި ބާކީ 200 މިލިއަން ރުފިޔާ ކަނޑައެޅީ އަތޮޅުތެރޭގެ ޕީއެސްއައިޕީއަށެވެ.