އެޕަލް އިން އައިފޯނަށް އާ ސެކިއުރިޓީ ފީޗާއެއް ތައާރަފުކޮށްފި އެވެ.
"ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަން" ގެ ނަމުގައި މި ފީޗާ ތައާރަފުކުރީ އައިއޯސް 17.3 އަޕްޑޭޓާ އެކީގަ އެވެ. އަލަށް ގެނެސްދިން ސެކިއުރިޓީ ފީޗާގެ ސަބަބުން ފޯނު ވަގަށް ނަގައިގެން އެ ބޭނުން ކުރަން މަސައްކަތްކުރުމާއި ހެކްކުރަން ވެސް ބޮޑު ހުރަހެއް ޕާސްކޯޑްގެ ރައްކާތެރިކަމުގެ ތެރެއިން ގެނެސް ދީފައިވެ އެވެ.
އެގޮތުން ވަގަށް ނެގި ހާލަތެއްގައި ފޯނުގެ "ސްޓޯލެން ޑިވައިސް ޕްރޮޓެކްޝަން" ގެ ފީޗާ އޮންކޮށްފައި އިން ނަމަ، ފޯނުގެ ޕާސްވޯޑް ދެނެގެތުމަށްޓަކައި ފޭސް ރިކޮގްނިޝަން އައިޑީ ބޭނުންވާނެ އެވެ. އަދި އެއާ ނުލައި ފޯނު ރީސެޓެއް ވެސް ނުކުރެވޭނެ އެވެ. އަދި ހަމަ މިއާ އެކީ ހަމައެކަނި ޕާސްކޯޑް މެދުވެރިކޮށް ދެން އެއަށް އެކެސްވުމާއި ސެޓިން އަށް އެއްވެސް ބަދަލެއް ވެސް ނުގެނެވޭނެ އެވެ.
އެޕަލް އިން ބުނީ އަލަށް ގެނެސްދިން ސެކިއުރިޓީ ފީޗާގެ ސަބަބުން ހެކަރުންނަށް ގަޑިއެއްހާ އިރު ތެރޭގައި އައިޑީ ޕާސްވޯޑް ނުވަތަ ފޭސް އައިޑީއާ ވެސް ނުކުޅެވޭނެ ކަމަށެވެ.
މިހާތަނަށް އައިފޯނަށް އެކްސެސްވާން ބޭނުން ވަނީ ހަތަރެއް ނުވަތަ ހަ ޑިޖިޓްގެ ޕާސްކޯޑެކެވެ.
އައިފޯންގެ އެންމެ ފަހުގެ މޮޑެލް އަކީ އައިފޯން 15 އެވެ.