ލ. އަތޮޅުގެ ސްކޫލުތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލ. އިންޓަރ ސްކޫލު ފުޓުބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށައިފިއެވެ.
ލ. އަތޮޅު ސްކޫލުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތުގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރ އަކީ ޝީޝާ އެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 9 ސްކޫލެއް ދަނީ ތައްޓަށް ވާދަ ކުރަމުންނެވެ.
ލ. ގަން ޒޯން ސްޓޭޑިއަމުގައި މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު، ދުވާލަކު 3 މެޗު ކުޅޭނެއެވެ. އެއީ ހަވީރު 16:00 އިން އެއް މެޗު، ރޭގަނޑު 20:00 މެޗެކެވެ. މީގެ އިތުރުން ހަފްތާ ދުވަހު 21:30 ގައި ވެސް މެޗުތައް ތާވަލުކުރެވިފައި އެބަހުއްޓެވެ.
މިހާތަނަށް ޖުމްލަ 5 މެޗު މުބާރާތުގައި ކުޅެވިގެން ގޮސްފައިވާއިރު، ހައްދުންމަތީ ކައުންސިލުން ވިދާޅުވީ، މުބާރާތުގެ ފޯރި އޮތީ ވަރަށް ގަދަކޮށް ކަމަށެވެ. އެގޮތުން މުޅި ދަނޑު އެކި ޓީމުތަކުގެ ސަޕޯޓަރުންގެ ފޯރިއާއެކު ގުގުމާލާއިރު، އެންމެ ފަހުން ކުޅެވުނު މެޗުތައްވެސް ވަރަށް ފޯރިގަދަކޮށް ކުރިއަށް ދިޔަ ކަމަށް ކައުންސިލުން ހާމަކުރެއެވެ. އަދި ކުރިއަށް ހުރި މެޗުތައް އިތުރަށް ފޯރިގަދަވާނެ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ލައިވްކޮށް ލާމަސީލު ލ. މުބާރާތުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ބަލާލެވޭނެއެވެ. އަދި މެޗުތަކުގެ ޝެޑިއުލްގެ އިތުރުން އެންމެ ފަހުގެ ތަފްސީލުގެތަށްވެސް ޕޭޖް މެދުވެރިކޮށް ލިބޭނެއެވެ.