Last Updated: November 23, 21:59
Sunday, November 24, 2024
ސިއްހަތު

ލެމަން މިންޓް އައިސްޑް ޓީ

* ބޭނުންވާ ތަކެތި:

1 ޖޯޑް ފެން

3/4 ޖޯޑް ހަކުރު

6 ސައިފަތް ޕެކެޓް (އާދައިގެ ސައިފަތް ޕެކެޓް ރަނގަޅު ވާނެ)

1 ޕެޕަމިންޓް ސައިފަތް ޕެކެޓް

1/4 ޖޯޑް ފިނިކޮށްފައި ހުރި ލެމަނޭޑް


* ތައްޔާރު ކުރާނެ ގޮތް:

hjkhk (1)

އެންމެ ފުރަމަ ފެނުގެ ތެރެއަށް ހަކުރުގެ އެއްބައި އަޅާފައި ގެން ހޫނު ކުރާށެވެ. ހޫނު ވެލީމާ އޭގެ ތެރެއަށް ސައިފަތް ޕެކެޓާއި މި ބުއިމަށް ހާއްސަ ޕެޕަމިންޓް ސައިފަތް ޕެކެޓް ވެސް އަޅާފަައި 30 މިނިޓް ވަންދެން އަނެއްކާ ވެސް ރަނގަޅަށް ހޫނު ކުރާށެވެ.

އެއަށް ފަހު އުނދުންމަތިން ބާލާފައި ސައިފަތް ޕެކެޓް ފެން އެތީގެ ތެރެއިން ނަގާށެވެ. ދެން އޭގެ ތެރެއަށް ލެމަނޭޑް އަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ.
އެއަށް ފަހު ރަނގަޅަށް ފިނި ކުރަން އައިސް ކިއުބް އަޅާފައި މިންޓް ފަތްކޮޅަކުން ގާނިޝްކޮށްލައިގެން ސާވް ކުރާނީ އެވެ.