Last Updated: November 25, 22:26
Tuesday, November 26, 2024
މުނިފޫހިފިލުވުން

ރިތިކް އާއިލާ އާ އެކު ރާއްޖެ އަށް

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވާ ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން މިއަދު ރާއްޖެ އަންނާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަސް ދުވަހަށް ރިތިކް ރާއްޖެ އަށް ކުރާ ދަތުރުގައި އޭނާގެ ދެ ދަރިން ކަމަށްވާ ރިދާން އާއި ރިހާންގެ އިތުރުން މަންމަ ޕިންކީ އާއި ދައްތަ ސުނައިނާ ރޯޝަން ވެސް ރާއްޖެ އަންނާނެ އެވެ.

ރިތިކް އޭނާގެ ދަރިންނާ އެކު.
ރިތިކް އޭނާގެ ދަރިންނާ އެކު.

މި ދަތުރުގައި ރިތިކް ބައްޕަ އަދި ޑައިރެކްޓަރި/ޕްރޮޑިއުސަރު ރާކޭޝް ރޯޝަން ބައިވެރިއެއް ނުވެ އެވެ.

ރިތިކް ދައްތަ ސުނައިނާ އާ އެކު.
ރިތިކް ދައްތަ ސުނައިނާ އާ އެކު.

އެެހެން ނަމަވެސް ރިތިކާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރާނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.

ރިތިކް ރާއްޖެ މި އަންނަނީ ފާއިތުވި ދޮޅު މަހެއްހާ ދުވަހު ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ ފިލްމް "މޮހެންޖޮ ދާރޯ" ގެ ޝޫޓިންގައި ވަރަށް ބިޒީކޮށް އުޅުމަށް ފަހު އެވެ.

މި ފިލްމްކީ އިންޑަސް ވެލީ ސިވިލައިޒޭޝަންގެ މައްޗަށް ބިނާކޮށް ހަދާ ޕީރިއަޑް ޑްރާމާއެކެވެ.

ރިތިކް އެންމެ ފަހުން ރާއްޖެ އައީ 2010 ވަނަ އަހަރު ނިކުތް އޭނާގެ ފިލްމް "ކައިޓް" ގެ ކަނޑުއަޑީގެ މަންޒަރެއް ނެގުމަށް އެ ފިލްމުގެ މެކްސިކޯގެ ބަތަލާ ބާބަރާ މޯރީ އާ އެކު އެވެ.

ރިތިކް ބަައްޕަ އާއި މަންމަ އަދި ދައްތަ އާ އެކު.
ރިތިކް ބަައްޕަ އާއި މަންމަ އަދި ދައްތަ އާ އެކު.

ދެ ކުދިން ލިބުނު ފަހުން ތޭރަ އަހަރުވީ ކައިވެނި 2013 ވަނަ އަހަރު ރޫޅިފައިވާ 41 އަހަރުގެ ރިތިކްއަކީ މޫދު ކުޅިވަރުތަކަށް ވަރަށް ބޮޑަށް ލޯބި ކުރާ ތަރިއެކެވެ. އޭނާ ޗުއްޓީ އަށް ރާއްޖެ އައުމުގެ ބޭނުމަކީ ވެސް ރާއްޖޭގެ ހިތްގައިމު މޫދުގައި މޫދު ކުޅިވަރުތައް އާއިލާ އެކު ތަޖުރިބާކޮށްލުމެވެ.

ރިތިކް އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ އަހަރު ކެޓްރީނާ ކެއިފް އާ އެކު ކުޅުނު "ބޭންގް ބޭންގް" އެވެ.

ބައެއް މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށް، ވިޝާލް ބަރަދްވާޖް ޑައިރެކްޓް ކުރާ އާ ފިލްމަށް ރިތިކް ރޯޝަން ވަނީ މިހާރު ސޮއިކޮށްފަ އެވެ.

މިހާރަކަށް އައިސް ބޮލީވުޑްގެ ފަންނާނުން ރާއްޖެ އައުން ވަނީ ވަރަށް އިތުރުވެގެން ގޮސްފަ އެވެ.

މި ހަފުތާގެ ކުރިކޮޅު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރަހް ހާން ވެސް ވަނީ އާއިލާ އާ އެކު ކޮކޯ ބޮޑު ހިތި ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފަ އެވެ.