ވ. ތިނަދޫގައި ޕޮލިސް ޕޯސްޓެއް ހުޅުވައިފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވައިދެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާއު އަލީ އެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގައި ހުޅުވި ޕޮލިސް ޕޯސްޓާ އެކީ އެ ރަށުގައި ގާއިމުވެ ތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ހިދުމަތް މިހާރު ދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރަން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަންނަނީ ދެމުންނެވެެ.