ވ. ފުލިދޫގައި ވެސް ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފި އެވެ.
އިއްޔެ އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެކްޓިންގ ކޮމިޝަނަރުގެ މަގާމުގައި މި ވަގުތު ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ފެލިދެ އަތޮޅު ކައުންސިލު ރައީސް ޝުޖާއު ޢަލީއެވެ.
އެ ސްމިއްޔާތުގައި އޮކްސިލަރީ ސާވިސްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ ވ. އަތޮޅަކީ ޓޫރިޒަމް ސިނާއަތުގައި މުހިންމު އަތޮޅެއް ކަމަށާއި ފުލިދުއަކީ ވެސް ގެސްޓުހައުސް ވިޔަފާރި ފުޅާވަމުން އަންނަ ރަށަކަށްވާ އިރު އެ ރަށުގައި ފުލުހުންގެ ޕޮލިސް ޕޯސްޓެއެއް ހުޅުވައި ހިދުމަތް ދޭން ފެށުމުން އެ އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށް ދިނުމަށް ގާނޫނު ތަންފީޒުކުރަން ތިބޭ މީހުންގެ އެހީ ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޒަމާނަށް އަންނަ ބަދަލުތަކާ އެކީ ތަރައްގީ އާއި ތަމައްދުންގެ ރޭހުގައި ގައުމު ކުރިއަރައިދާ އިރު ގައުމުގެ އަފުރާދުންގެ މެދުގައި އޮންނަ މި އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބުރޫއަރާ މިފަދަ ރިވެތި އާދަތައް ފަނޑުވަމުންދާތަން ފެންނަ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން މުޖުތަމައަކީ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުވެފައިވާ މުޖުތަމައުތަކަކަށް ހެދުމަށްޓަކައި ފުލުހުންގެ ޚިދުމަތަކީ އެންމެ މުހިންމު ޚިދުމަތްކަން ފާހަގަކުރައްވައި ޚިދުމަތް އެންމެ ފުރިހަމަކަމާއެކީ ފޯރުކޮށް ދެވޭނީ ޒަމާނާ އެއްވަރަށް ކުރިއަރައި، އުމްރާނީ ތަރައްގީއާއި ވަސީލަތްތަކުގެ އަދަދު އިތުރުވެގެން ރައްޔިތުންގެ ބައިވެރިވުން ހިމެނިގެން ކަމަށް ކަމަށް އާސިމް ވިދާޅުވި އެވެ.
މިއަދު ވ. ތިނަދޫގައި ވެސް ވަނީ ފުލުހުންގެ ޕޯސްޓެއް ހުޅުވައިފަ އެވެ.