ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކޮށް އެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، ބިދޭސީންނާ ގުޅޭ ފުރިހަމަ މަޢުލޫމާތު ނެތް ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ބަލާއިރު، ކަންބޮޑުވާ ކަމެއް ކަމަށާއި މިހާރު އެންމެ ފުރަތަމަކަށް ކުރަމުން އަންނަނީ ބިދޭސީން ތިބި ސީދާ އަދަދު ދެނެގަތުން ކަމަށް ވިދާޅުވި އެވެ.
"ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި، ސީދާ ފިންގރ ޕްރިންޓާއެކު އެ މަޢުލޫމާތު ދިމާކުރާނަން،" އިހުސާން ވިދާޅުވި އެވެ. "ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު، ކޮން ބައެއްކަން، ކޮން މަސައްކަތެއް ކުރާ ބައެއްކަން ކަށަވަރުކޮށް، ބިދޭސީންގެ އެކްސްޕެޓް ސިސްޓަމްގައި ހުރި ޢަދަދުތައް ދިމާކުރާނަން. އެ ޓާގެޓަށް މި ވަނީ މަސައްކަތް ފަށާފައި."
އޭނަ ވިދާޅުވީ މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ހުރިހާ ރަށްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވެސް މ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ ބިދޭސީއެއްގެ މަޢުލޫމާތު ވަކިވަކިން، އެނގޭ ގޮތަށް ސިސްޓަމްގައި ރައްކާ ކުރެވޭނެ ކަމަށް އިޙްސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގަވާއިދާ ހިލާފައި ބިދޭސީން އުޅޭ މައްސަލައިގައި އަމަލުކުރާނެ ގޮތެއް ވެސް ކަނޑައެޅޭނީ، މައުލޫމާތު އެއްކުރިމަށް ފަހު ކަމަށެވެ.
ރާއްޖޭގައި ވޯކް ޕާމިޓްގައި މަސައްކަތްކުރާ ބިދޭސީގެ އާބާދީ އަކީ މިހާރު 139،000 އެއްހާ މީހުން ކަމަށް ސިސްޓަމް ދައްކަ އެވެ. އޭގެ ތެރެއިން 90،634 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.
"ބަރާބަރަށް މަޢުލޫމާތު ބަލަހައްޓަނީ ތިރީސް ހަ ޕަސެންޓް މީހުން މީހުން. އޭގެ މާނައަކީ އެއީ ސާޅީސްހާހެއް މީހުންނޭ،" މިނިސްޓަރު ވިދާޅުވި އެވެ. "ސުވާލަކީ ގަވާއިދުން ވާކް ޕަރމިޓް ކަންކަން ނުކުރަނީ ކީއްވެތޯ؟ މިސާލަކަށް ފިލައިގެން ގަވާއިދާ ޚިލާފަށް އުޅެނީ. އެމީހުން ގެނައި ކުންފުނި އުވުނީތޯ ނުނީ ފައިސާ ނެތީތޯ މިކަންކަން ގާތުން ބެލެން ޖެހޭ."