Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

އެސްޓީއޯ އަށް 59: ހަދިޔާ 59 ކަސްޓަމަރަކަށް

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

ޤައުމީ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އެސްޓީއޯއަށް 59 އަހަރު ފުރުމާއި ގުޅިގެން، ސޭލްއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޭލް ކުރިއަށްދާނީ ދެދުވަހުގެ މުއްދަތައް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ސޭލް ކުރިޔަށްގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އަދި ރީޖަނަލް ފިހާރަތަކުގައެވެ. އެސްޓީއޯއިން މިއަދު ފެށި ސޭލް މާދަމާ ނިންމާލާއިރު ބޮޑެތި ޑިސްކައުންޓުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސޭލްގައި ކުރައްވާ ކޮންމެ ވިޔަފާރިއަކަށް 20% އާއި ހަމައަށް ބޮޑެތި ޑިސްކައުޓްތައް ލިބޭނެއެވެ. މީގެ އިތުރުން 20 ޑިސެމްބަރުވާ ބުދަ ދުވަހު ވިޔަފާރި ކުރައްވާ ފަރާތްތަކުގެ ތެރެއިން 59 ފަރާތަކަށް އެކިއެކި ސަޕްރައިސް ހަދިޔާލިބޭނެއެވެ.


އެސްޓީއޯއަށް 59 އަހަރު ފުރޭ އަހަރީ ދުވަހައި ގުޅުވައި މި ނޫންވެސް ހަރަކާތްތައް ހިންގާނެއެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ތާރީހާ ބެހޭގޮތުން ހާއްސަ ސޯޝަލްމީޑިއާ ކެމްޕެއިނެއް ހިންގުމަށްވެސްވަނީ ރޭވިފައެވެ. އަދި އެސްޓީއޯ ސްޓާފުންގެ މުދުގައި އަގުހުރި ގިނަގުނަ އިނާމުތައް ލިބޭނޭހެން އެކިއެކި ހަރަކާތްތައްވަނީ ރޭވިފައެވެ.

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައި 2022 ވަނަ އަހަރު ކުރިޔަށް ގެންދިޔަ ސޭލްއަށްވެސް ކަސްޓަމަރުންގެފަރާތުން ބޮޑު ތަރުހީބެއްވަނީ ލިބިފައިވާ ކަމަށް އެސްޓީއޯއިން ފާހަގަ ކުރެއެވެ.