* ބޭނުންވާ ތަކެތި:
1 ދަޅު ކިޑްނ ބީންސް
1 ދަޅު ބްލަކް ބީންސް
1 ދަޅު ޒުވާރި
1 ބޮޑު ކައްޓަލަ (ފެނު ކައްކާފައި، ކުދިކޮށް ކޮށާފައި)
1 ސައިސަމުސާ ލޮނު/ލޮނުމެދު
1 ސައިސަމުސާ އޮލިވް އޮއިލް
ސިލަންތާރޯ ފަތްކޮޅެއް
* ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވައަކަށް އޮލިވް އޮއިލް އަޅާފައި އޭގެ ތެރޭގައި ކައްޓަކޮޅު ރަނގަޅަށް ފްރައިކޮށްލާށެވެ. ރަނގަޅަށް ފްރައިވެލީމާ އުނދުންމަތިން ބާލާށެވެ.
ދެން ތައްޓެއްގެ ތެރެއަށް ދެ ދެޅުގައި ހުރި ބީންސާއި ޒުވާރި އަޅާފައި އޭގެ ތެރެއަށް ލޮނު/ލޮނުމެދު އަދި ފަތްކޮޅު އަޅާފައި ރަނގަޅަށް އެއްކޮށްލާފައި ފްރައިކޮށްފައި ހުރި ކައްޓަލަކޮޅު ވެސް އަޅައިލާށެވެ.
އޭރުން އެހެރީ ސާވް ކުރަންވެފަ އެވެ.