Last Updated: November 25, 14:49
Monday, November 25, 2024
ޚަބަރު

"އިދާރީ ކޮމިޓީ" އަށް ޓޮމާއި ހިލްމީ

ދެކުނު މަހާސިންތާގައި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ވާހަކަ ދައްކަވަނީ. ފޮޓޯ/ ކައުންސިލް

ދެކުނުގެ ހަތަރު އަތޮޅު އެއްވެގެން މިދިޔަ މަހު ބޭއްވި "ދެކުނު މަހާސިންތާ" ގައި ހިމެނޭ ކައުންސިލްތައް ހިންގުމުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ކުރަން އެކުލަވާލާ ކޮމިޓީގައި އައްޑޫން ހިމެނިވަޑައިގަންނަވާނީ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބް (ޓޮމް) އާއި ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ ކަމަށް ނިންމައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުގަ އެވެ.

އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ދެކުނު މަހާސިންތާއ ިން ފާސް ކުރި ތޫނޑު އެއްބަސްވުމުގެ އެއް ވަނަ ނަމްބަރުގެ ހަތަރު ވަނަ ޕޮއިންޓްގައި ބަޔާން ކުރެވިފައިވާ އަތޮޅު ކައުންސިލް ހިންގުމުގައި އިދާރީ މައްސަލަތަކަށް ޙައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ޙަރަކާތްތެރި ވާނީ ޓޮމް އާއި ހިލްމީ ކަމަށެވެ.

HKJHK (2)

"ދެކުނުގެ ހަތަރު އަތޮޅުގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި، ގުޅިގެން މަސައްކަތް ކުރުމަށް 26-27 ފެބުރުވަރީ 2015ގައި، ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގައި ބޭއްވުނު ބައްދަލުވުމުގައި ނިންމަވާފައިވާ ދެކުނު މަހާސިންތާއިން ނިމުނު ތޫނޑު އެއްބަސްވުމުގައިވާ ކަންކަން ކައުންސިލުން ބަލައިގަނެ، އެއްބަސްވުމުގައިވާ ގޮތުގެ މަތީން ކަންކަން ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލުން ފާސްކުރާ" ކަމަށް ވެސް ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.