Last Updated: April 7, 13:52
Monday, April 7, 2025
ޚަބަރު

ރައީސް، ގާސިމް އާއި ސިޔާމްއާ ބައްދަލުކުރައްވައިފި

ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިއަދު ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެވެ. އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްއާ ވެސް ރައީސް މިއަދު ބައްދަލުކުރެއްވި އެވެ. ނަމަވެސް މި ބައްދަލުވުންތަކާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރަން މިދިޔަ މަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީގެ ޓީމެއް ވަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އޭގެފަހުން އެކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.

ޖޭޕީގެ ޓީމުން ވަނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއާއެކު ވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބާއްވާއިރު، ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ ފަހުކޮޅު އެވެ.