Last Updated: November 27, 13:29
Wednesday, November 27, 2024
ޚަބަރު

އެސްޓީއޯއިން މިފްކޯގެ ހިއްސާ ސަރުކާރަށް ދޫކޮށްލައިފި

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި ރާއްޖޭގެ މަސް ކުންފުނީގެ ހުރިހާ ހިއްސާއެއް އެސްޓީއޯއިން ސަރުކާރަށް ދޫކޮށްލައިފިއެވެ.

މިފްކޯގެ އެސްޓީއޯގެ ދަށަށް ބަދަލުކޮށް އެކުންފުނީގައި 99.99 އިންސައްތަ ހިއްސާ އޮވެއެވެ. އަދި ބާކީ 0.01 އިންސައްތަ ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސް ކުންފުނީގައެވެ.

ސަރުކާރުން މިފްކޯ މިފްކޯ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ނިންމީ މިމަހުގެ 5 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. މިއީ މިފްކޯ އިތުރަށް ތަރައްޤީކޮށް މަސްވެރިންނަށް މިފްކޯގެ ހިއްސާ ދިނުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.


މިފްކޯގެ ހިއްސާ ބަދަލު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީޤްއެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ، ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޑރ. ޝިމްހާދު އިބްރާހިމްއެވެ. އެލައިޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ހުސެއިން ލުވެއިޒްއެވެ. މިރަސްމީއްޔާތުގައި މިނިސްޓަރ ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް އަހުމަދު ޝީޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިފްކޯގެ ހިއްސާ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުވާނީ މި ޑިސެމްބަރު މަހުގެ 30 ގެ ފަހުންނެވެ. އެ ބަދަލާއެކު މިފްކޯގެ ބޯޑު އަލުން އެކުލަވާލާނެއެވެ. އެގޮތުން އެކުލަވާ ބޯޑުގައި މަސްވެރިންގެ ކޯޕަރޭޓިވްއެއް އުފެދި މަސްވެރިންގެ ތަމްސީލު ކުރުމަށް ބޯޑު މެންބަރެއް ބޯޑުގައި ހިމެނޭނެއެވެ.