Last Updated: November 28, 04:25
Thursday, November 28, 2024
ޚަބަރު

އުތުރާއި ދެކުނުގައި އުމްރާނީ 7 ޝަހަރު

ރައްޔިތުންނަށް ފާގަތި ފަހި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބޯހިޔާވަހިކަމުގެ 7 އުމްރާނީ ޝަހަރު ބިނާކުރައްވާނެ ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "ކަންގަތި އެވޯޑް" ހަފުލާގައި ރައީސް ވިދާޅުވީ ދުރު ރާސްތާ ޕްލޭންގެ ދަށުން ރަށްރަށުގެ ނުތަނަވަސް މައްސަލަތަކަށް ފަރުވާ ދިނުމަށްޓަކައި އުތުރުގައި ބޯހިޔާވަހިކަމުގެ 3 އުމްރާނީ ޝަހަރު އަދި ދެކުނުގައި ބޯހިޔާވަހިކަމުގެ 4 އުމްރާނީ ޝަހަރު ބިނާކުރައްވާނެ ކަމަށެވެ.

އެގޮތުން މާލޭގެ އުމްރާނީ ރަށްވެހި ސަރަހައްދުގެ އިތުރަށް މަތީ ފެންވަރުގެ ޚިދުމަތް ލިބޭ ސަރަހައްދުތަކުގެ ގޮތުގައި ގއ. އަތޮޅު، ގދ. އަތޮޅު، ފުއްވައްމުލައް އަދި އައްޑޫ ހިމެނޭ ދެކުނުގެ ތަރައްޤީގެ ޒޯނުގެ ދޮރޯއްޓެއްގެ ގޮތުގައި އައްޑޫ ހިމެނިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އައްޑޫ ގައި ބައިނަލްއަޤުވާމީ ޓްރާންޝިޕްމަންޓް ބަނދަރަކާއި ޞިނާޢީ މަސައްކަތްތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި މެރިކަލްޗަ ކުރުމުގެ އިތުރުން ޓޫރިޒަމްގެ ވަސީލަތްތައް ފުޅާކޮށް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ހަމައެއާ އެކީ ހއ. އަތޮޅާއި ހދ. އަތޮޅާއި، ށ. އަތޮޅު ހިމެނޭހެން މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭ ސަރަހައްދެއްގެ ގޮތަށް، އަދި އިދާރީ މައި ހަބުގެ ގޮތުގައި ކުޅުދުއްފުށި ކަނޑައަޅައިގެން، ބައިނަލްއަގުވާމީ ދޮރާށްޓެއްކަމުގައި ހަނިމާދޫ ހަމަޖައްސައިގެން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންޝިޕްމަންޓް ބަނދަރެއް ގާއިމުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދުރުރާސްތާ ވިސްނުންތަކާއި ޕްލޭނުތައް އޮވެގެން ރާއްޖޭގެ އުތުރުގައި ބޯހިޔާވަހިކަމުގެ ތިން އުމްރާނީ ޝަހަރު. ރާއްޖޭގެ ދެކުނުގައި ބޯހިޔާވަހިކަމުގެ ހަތަރު އުމްރާނީ ޝަހަރު ޖުމުލަ ހަތް އުމްރާނީ ޝަހަރު ބިނާ ކުރެވޭނެ،" ރައިސް ވިދާޅުވި އެވެ. "މިއިން ކޮންމެ މަޝްރޫޢަކީ ވަޒީފާ އާއި ތަޢުލީމާއި ބޭރު ފައިސާގެ ތިޔާގިކަމާ މި ފަދަ އެތައް ހިތްހަމަޖެހުމެއްގެ މާސިންގާ ފުރުސަތުތައް. އަޅުގަނޑު ދެކޭ ގޮތުގައި ލޮބުވެތި ދިވެހި ރައްޔިތުން އެތައް ޒަމާނެއް ވަންދެން ތަހައްމަލުކުރަމުން އައި ދިރިއުޅުމުގެ އެތައް އުދާސްތަކަކަށް ދާއިމީ ހައްލެއް ލިބޭނީ މި ފަދަ ބިޔަ މަޝްރޫޢުތަކުން."

ރައިސް ވިދާޅުވާ ގޮތުގައި މި މަޝްރޫއުތަކުން ރައްޔިތުންނަށް އަންނާނެ ފުދުންތެރިކަމާއި އުފާވެރިކަން ދެކެން އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވެ އެވެ.

އެހެންވެ ރައްޔިތުންގެ މި ފަހި ދިރިއުޅުމަށް ތަރުޙީބު ދެއްވައި، ރައްޔިތުންނަށްޓަކައި އުފުލޭ ތަރައްޤީގެ ހަވޭލިތަކުން އުފާ ލިބިގަތުމުގެ ފުރުސަތު އެ ރައްޔިތުންނަށް ދިނުމަށް ރައްޔިތުންގެ ފާގަތިކަމަށްޓަކައި ހޮވައިފައިވާ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެގެ މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.