Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

ރެސްކިއު އިކުއިޕްމަންޓްސް ޕޮއިންޓް ހުޅުވައިފި

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އާ ދެމެދު ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓުތަކާއި އެކްސިޑެންތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ފޯރުކޮށް ދެމުން ނއަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށް "ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓް" އެއް އެއާޕޯޓު ޕޮލިހުގައި ގާއިމުކޮށްފި އެވެ.

އެއާޕޯޓް ޕޮލިހުން އިސްނަގައި މެރިން ޕޮލިހުގެ އެހީތެރިކަމާ އެކު ގާއިމުކުރި ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓު ރަސްމީކޮށް ހުޅުވައި ދެއްވީ ހެޑް އޮފް މެރިން ޕޮލިސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް އަދުނާން އަނީސް އެވެ.

އަނީސް ވިދާޅުވީ މި ހިދުމަތަކީ ބްރިޖު ސަރަހައްދުން ކަނޑުމަތީގައި ދިމާވަމުންދާ އެކްސިޑެންޓުތަކާއި އިންސިޑެންޓުތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެޅިގެން ދިޔަ ވަރަށްބޮޑު ބާރަކަށް ވެގެން ދާނެ ކަމަށެވެ. އަދި މިކަމަކީ ފުރާނަ ސަލާމަތްކުރުމަށް މޫދަށް ފުންމާލާ މީހާގެ އިތުރުން އެއްގަމުގައި ހުރެގެން ވެސް އަނެކާއަށް އެހީތެރިކަން ފޯރުކޮށްދި ނުމަށް ހުޅުވިގެން ދިޔަ މަގެއް ކަމަށް ވިދާޅުވި އެވެ.

އަނީސް ވިދާޅުވީ ރެސްކިއު އިކުއިޕްމަންޓްސް ކަލެކްޝަން ޕޮއިންޓަކީ މި މަސައްކަތުގެ ފެށުންކަމަށް ބަލައި އެއާޕޯޓާއި މާލެ އާއި ހުޅުމާލެ ސަރަހައްދަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައި އޮތް ސަރަހައްދަކަށްވެފައި އަދި މި ސަރަހައްދަކީ ކުދިބޮޑު އެންމެން މޫދަށް އެރިއުޅޭ އަދި މޫދުގެ އެކިއެކި ކުޅިވަރުތަކަށް ބޭނުން ކުރަމުން އަންނަ ސަރަހައްދަކަށްވާތީ މި ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއް ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށާއި އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ހުރިހާ ފަރާތްތަކަކުގެ ރައްކާތެރިކަމަށް މިފަދަ އިތުރު ޕޮއިންޓުތައް ގްރޭޓަ މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރުމަކީ ސަލާމަތަށާއި ރައްކާތެރިކަމުގެ ގޮތުން ކުރެވިގެން ދާނެ ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ.