* ބޭނުންވާ ތަކެތި:
125 ގްރާމް ބަޓަރު
12 ސައިސަމުސާ ހަކުރު
1/2 1 ސައިސަމުސާ ވެލީނާ އެސެންސް
125 ގްރާމް ފުށް
225 ގްރާމް ކްރީމް ޗީޒް
120 ގްރާމް ވައިޓް ޗޮކްލެޓް
4 ބިސް
ގާނިޝްކޮށްލަން ސްޓޯބެރީ ނުވަތަ ރާސްބެރީ
* ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތައްޓަކަށް ބަޓަރާއި ތިން ސަމުސާ ހަކުރާއި އެސެންސް އަަޅާފައި ރަނގަޅަށް މިކްސް ކުރާށެވެ. ބަޓަރު ރަނގަޅު ރަނގަޅަށް މިކްސްވެލީމާ އޭގެ ތެރެއަށް ދެން ފުށް އަޅާފައި މިކްސްކޮށް މޮޑެލާށެވެ.
އެއަށް ފުށްގަނޑު ޓްރޭއެއްްގެ ތެރެއަށް އަތުރާލާފައި 20 މިނިޓް ވަންދެން އަވަނުގައި 160 ޑިގްރީގައި ފިހެލާށެވެ.
އެއަށް ފަހު އުނދުންމަތީގައި ބަހައްޓައިގެން ވައިޓް ޗޮކްލެޓް ދެ މިނިޓެއްހާ އިރު ވިރުވާލުމަށް ފަހު ނަގާށެވެ.
ދެން ކުރިން އެހެން ތައްޓެއްގެ ތެރޭގައި ޗީޒާއި ބާކީ ހުރި ހަކުރު އަޅާފައި ރަނގަޅަށް ބީޓް ކުރާށެވެ. ދެން އޭގެ ތެރެއަށް ފަހަރަކު ބިހެއް އަޅާފައި، ވިރުވާފައި ހުރި ވައިޓް ޗޮކެލްޓް އަޅާށެވެ. ދެން ރަނގަޅަށް މިކްސް ކުރާށެވެ.
އެއަށް ފަހު ކުތިން ފިހުނު ކްރަސްގެ ތެރެއަށް ޗީޒް މިކްސިންގަނޑު އޮއްސާލުމަށް ފަހު، 50 މިނިޓް ވަންދެން، 160 ޑިގްރީގައި ފިހާށެވެ. ރަނގަޅަށް ފިހެވުނީމާ ސާވް ކުރުމުގެ ކިން ފްރިޖްގައި ހަތަރެއް ނުވަތަ ފަސްގަޑި އިރު ބާއްވައިގެން ފިނި ކުރާށެވެ.
ދެން ސާވް ކުރާ އިރު ސްޓޯބެރީ ނުވަތަ ރާސްބެރީ އާ އެކު ސާވް ކުރާށެވެ.