މާފުށީ ޖަލުގެ ޖަލުގެ އެއްވެސް ގައިދީއަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ނެތް ކަމަށާއި ގައިދީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
އެތަނުން މި ގޮތަށް ޖަލުގެ ޔުނިޓް 10 ގައި ފަސް ގައިދީއަކާ މެދު ކަރެކްޝަނުން ތަފާތުކުރާކަމަށް ބުނެ ގައިދީންތައް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުންދާ އަންނަ ކަމަށް ބުނެ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ބަޔާނުގައި ވަނީ ހައިހޫނުކަމުގެ ހަޅުތާލެއް ގައިދީންތަކެއް ހިންގާތާ ތިން ދުވަސްވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އިދީންގެ އާއިލާތަކުގެ ފަރާތުން ވެސް އެ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ ޔުނިޓް 10 ގައި ގައިދީންތަކެއް ޖަލުން ފޯރުކޮށްދޭ ކާއެއްޗިހި ކާން އިންކާރުކޮށް އެ ގައިދީން ނުކަނީ ކަމަށެވެ. އަދި އެ ގައިދީން ތިބެނީ ބޭރުން ވިއްކާ ކާއެއްޗިހި ގަނެގެން ކައިގެން ކަމަށް ވެސް ކަރެކްޝަން އިން ބުންޏެވެ.
އެހެންވެ އެ ގައިދީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.