މި މަހުގެ ފަހު ހަފުތާގައި ޓެކުހުގެ މުހިންމު ސުންގަޑިތަކަށް އަންނާނީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.
އެތަނުން ގޮތުގައި މި މަހުގެ 28 އަކީ މިދިޔަ މަހުގެ ޖީއެސްޓީ ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހެވެ. އެހެންވެ
ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާ އިރު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގައިފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން މި މަހުގެ 28 އަކީ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑީގެ އިތުރުން މިދިޔަ މަހުގެ އެއާޕޯޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިވެސް މެ އެވެ. އަދި މި މަހުގެ 31 އީކީ ފެށޭ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އެވެ.
މީރާ އަށް ދައްކަން ޖެހޭ ޓެކްސްތައް އެތަނުގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ އެވެ.
ދައުލަގެ ޓެކްސް އިދާރާ އިިން ބުނީ ދީފައިވާ ސުންގަޑީގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގައިފައި ނުވާ ވިޔަފާރިތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށެވެ. އަދި ޓެކްސް ބަޔާން ތައްޔާރު ކުރުމަށާއި އަދި އެއްވެސް އެހީތެރި ކަމެއް ބޭނުންވާ ނަމަ ލަސްނުކޮށް އެންގުމުން އެ އެހީތެރި ކަމެއް މީރާ އިން ފޯރުކޮށް ދޭނެ އެވެ.