ބ. ދޮންފަނުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ފެނަކަ އިން ބުނީ ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރު ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މިކަން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ.
މި މައްސަލަ ހައްލުކުރަން ޖެންސެޓް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާ އާއި އެކު ޓެކްނިކަލް ޓީމެއް ދޮންފަނުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފެނަކަ އިން ބުނެ އެވެ. އަދި އިތުރު ޖެންސެޓެއް ދޮންފަނަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކަ އިން މައުލޫމާތުދެ އެވެ.