ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި
މޫސާ އަލީމަނިކު (މޫކޭ) އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި އެވެ.
މިކަން މިއަދު އިއުލާން ކުރައްވައި އޭނަ ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނީ ހުޅުމާލެ އުތުރު ދާއިރާ އަށް ކަމަށެވެ. މޫކޭ ވިދާޅުވީ އެ ދާއިރާ އަށް ވާދަކުރައްވަން ނިންމެވީ "ފޭސް ދޭކަށް ދިރުން" ގެނެސް އަސާސީ ހައްގުތައް ހޯދައިދިނުމަށް ބިރެއް، އިމެއް ނެތި ވަކާލާތު ކުރެއްވުމަށްޓަކައި ކަމަށެވެ.
بسم الله الر حمٰن الر حيم
އައްސަލާމު ޢަލައިކުމް.
އަޅުގަނޑު، މޫސާ ޢަލީމަނިކު (މޫކޭ)، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި… pic.twitter.com/WDLdC3yWO7
— Moosa Ali Manik 🇲🇻 (@VMookey) December 23, 2023
"ކޮޅެއް މެދެއް ނުފެންނަ މާލޭ ދަފުތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމާއި އެކު ދަފުތަރަށް ޤާނޫނީ ފަރުވާއިން ދާއިމީ ޙައްލެއް ގެނެސްދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށްކަަން ތިޔަ އެންމެ ބޭފުޅުންނަށް ކަށަވަރުކޮށްދެން." އޭނަ ވިދާޅުވި އެވެ.
މޫކޭ ވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ރައްޔިތުންގެ ތާއީދު ހޯދަން ހިންގާ ކެމްޕެއިންގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަން އަންގައި ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.