ރައީސްގެ ފަރާތްޕުޅުން އަތޮޅުތަކަށް ވަޑައިގެންނެވި ޓީމުތަކުގެ ތެރެއިން، އައްޑޫއަށް ވަޑައިގެންނެވި ޓީމު އައްޑޫސިޓީ ކައުންސިލާއި ބައްދަލު ނުކޮށް ފުރާފައިވާ އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫސިޓީގެ ކައުންސިލުގެ މޫލެކެޑެ ދައިރާގެ ކައުންސިލް މެންބަރު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫސިޓީ ކައުންސިލް މެންބަރެއްގެ ހައިސީއްޔަތުން ސިއްޙީ ދައިރާއަށް ދިމާވެފައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިއްވަން ހުއްޓާ އައްޑޫސިޓީ ކައުންސިލާއި ބައްދަލު ނުކުރުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާގެ މަންދޫބެއްގެ ހައިސިއްޔަތުން ދައުލަތުން ޚަރަދު ކޮށްގެން ދަތުރުފުޅުތައް ކުރައްވާއިރު ރައްޔިތުން ހޮވާފައި ތިބި ރައްޔިތުންގެ މަންދޫބުންނާއި ބައްދަލް ނުކޮށް ހަމަ އެކަނި އެމީހަކު ނިސްބަތްވާ ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށްލާފަ ދިއުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަން ފާހަނގަ ކުރަން. " އަހުމަދު ސައީދު ވިދާޅުވިއެވެ.
ކައުންސިލުގެ މެންބަރުން މިގޮތަށް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ކައުންސިލާއި ބައްދަލު ކުރުމަށް އެދިފައި ނުވާ ކަމަށް އައްޑޫލައިވްއަށް ވަނީ ކަށަވަރު ވެފައެވެ. ނަމަވެސް ޕާޓީ ބައްދަލުވުންތަކުގައި ކައުންސިލަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް މެންބަރު ބައިވެރިވެވަޑައިގެންފައި ވެއެވެ.
#Live
ހެލްތް މިނިސްޓަރ ޑރAbdullah Khaleel އަދި އެމްޕީއެލްގެ ސީއީއޯ Mohamed Wajeeh އައްޑޫ ސިޓީ ހުޅުމީދޫ ޕީޕީއެމް ޕީއެންސީ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުން . #MuizzuDhuveli#DhiveheengeRaajje#Heyoverikan#AdduCityHithadhoo pic.twitter.com/mehJa0syUc— Xoro DhiveheengeRaajje (@nazim_xoro) December 23, 2023
އައްޑޫސިޓީއަށް ވަޑައިގެންނެވި ޓީމުގައި އިސްކޮށް ހިމެނިވަޑައިގެންނެވީ ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލް އަދި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އެވެ. މި ޓީމުން ވަނީ އައްޑޫއަށް ވަޑައިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އައްޑޫ ހޮސްޕިޓަލުގެ ދަށުން ހިންގާ ސިއްޙީ މަރުކަޒުތަކައް ޒިޔާރާތް ކުރައްވާފައެވެ. މީގެ އިތުރުން އެ ޓީމުގެ ފަރާތުން ވަނީ ދައިރާގެ ޕާޓީގެ މެންބަރުންނާއި ކޮންމެ އަވަށެއްގައި ބައްދަލު ކުރައްވާފައެވެ. އެޓީމު ވަނީ މިރޭ ފުރާފައެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ހަފްތާ ބަނދުގައި އަތޮޅުތެރެއަށް ފޮނުވާފައިވާ ޓީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާ ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށް ދިނުމަށް، ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި މިއީ ރައީސްގެ ސީދާ ލަފާފުޅުގެ މަތިން ކުރައްވާ ދަތުރުފުޅުތަކެއް ކަމަށް ވިދާޅުވިއެވެ.
އަަތޮޅުތަކަށް ރައީސްގެ ފަރާތުން ވަޑައިގެންނެވި އެހެން ޓީމުތަކުން ކައުންސިލްތަކާއި ބައްދަލު ކޮށްފައިވެއެވެ. އެގޮތުން ޖެހިގެން އޮތް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވި އެޑިއުކޭޝަން މިނިސްޓަރގެ ޓީމުން ފުވައްމުލަކު ސިޓީ ކައުންސިލާއި ވަނީ ބައްދަލު ކުރައްވާފައެވެ.