ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާ އން އެ އެލާޓް ނެރެފައި ވަނީ ހަވީރު 3:30 އިން ފެށިގެން މިރޭ 9:00 އާ ހަމައަށެވެ. އެ އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކީ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިހާރު ވެސް އައްޑު އަށް އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން ވެސް އިލްތިމާސްކޮށްފަ އެވެ.