Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ޕީއެސްޖީ މެޗު ބަލަން ޕެރިހަށް ދާން ފަހު ފުރުސަތު

ފްރާންސްގެ ވެރިރަށް ޕެރިހަށް ގޮސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކުޅޭ މެޗެއް ބަލައިލުމުމުގެ މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އުރީދޫއިން ހާމަކޮށްފިއެވެ.

އުރީދޫ ގްރޫޕުގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ކުރިއަށްގެންދާ މި ހާއްސަ ލަކީޑްރޯއަކީ 18 އޮކްޓޯބަރުން ފެށިގެން 31 ޑިސެމްބަރު 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީޑްރޯއެކެވެ.

ޕެރިހައް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

މި ލަކީ ޑްރޯ އާއި ގުޅޭގޮތުން އުރީދޫން ވަނީ ދިވެހިންނަށް މިފަދަ ފުރުސަތެއް ފަހިކޮށްދެވޭތީ އުފާ ފާޅު ކުރާ ކަމަށް ބުނެއެވެ. އެގޮތުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރ އާއި ގުޅިގެން މިފުރުސަތު ދެވޭހަކަމީ ލިބޭ ބޮޑު އުފަލެއް ކަމަށް އުރީދޫ ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

" އެގޮތުން ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯދާފައިވާ ކުޅިވަރަކަށް ވުމާއެކު، މި ލަކީ ޑްރޯ ގެ ނަސީބުވެރިފަރާތއް މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް ކުރެވިގެންދާނެ ދަތުރެއްކަން ޔަގީން. ކުރިއަށް އޮތް ތަނުގައިވެސް، އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ޕާރޓްނަރޝިޕްތައް މެދުވެރިކޮށް މިފަދަ ފުރުސަތުތައް ފަހި ކޮށް ދިނުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އަރުވަން.” ނިޔާޒު ވިދާޅުވިއެވެ.

އެގޮތުން ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކަށް މި ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކުން ވެގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕް ގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.