ކުޅުދުއްފުށި އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ.
މިފަދަ ކަމެއް ހިންގައިގެން އުޅޭކަން އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވަނީ އައްޑޫލައިވް އަށް ކަށަވަރު ކޮށްދީފައެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ވަޒަން ފެނިފައިވަނީ، މިއަދު ހަވީރު އޮތް ފްލައިޓުން މާލެ ދިއުމަށް އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ އަތުންނެވެ. އަދި މިހާރު އެމީހާ ކަމާއި ބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައިވާ ކަަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ.