އާ އަހަރު ފާހަގަ ކުރުމަށް ޔޫތް މިނިސްޓްރީން ބޭއްވުމަށް ނިންމި ކުޑަކުދިންގެ ހަވީރު ކެންސަލް ކޮށްފިއެވެ.
އާ އަހަރު ފާހަގަކުރުމަށް ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވަނީ މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެންނަމަވެސް ޔޫތް މިނިސްޓްރީން މިއަދު ބުނެފައިވަނީ މޫސުން ގޯސް ވުމުގެ ސަބަބުން އެ މިނިސްޓްރީގެ ފަރާތުން މިއަދު ހަވީރު ބޭއްވުމަށް ނިންމާފައިވާ ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެ ކަމަށެވެ.
މީގެކުރިން ޔޫތް މިނިސްޓްރީން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ގެ ނަމުގައި މިރޭ ބާއްވަން އުޅުނު ޝޯ ވެސް ކެންސަލް ކޮށްފައެވެ.
ޝޯ ފަސްކޮށްފައިވަނީ މޫސުން ރަނގަޅުވުމުން ބާއްވާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ބުނެއެވެ.