އައު އަހަރާއި އެކު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް އިނގިރޭސިވިލާތަށް ނިސްބަތްވާ ބެންޖަމިން ޑަންކަން ވެއްޖެއެވެ.
އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ، ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއާއި އާއި އެމްއެމްއާރްސީ އަދި އެމްއޭސީއެލްގެ އިތުރުން ބައެއް އެހެނިހެން މުޢައްސަސާތަކުގެ އިސްވެރިންނެވެ. އިންގިރޭސިވިލާތައް ނިސްބަތްވާ ބެންޖަމިން ޑަންކަން މޫރް އަހަރުގެ ފުރަތަމަ ފަތުވެރިޔާއަށް ވެގެން ދިޔައިރު އެނާ ބުނީ، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ކަމަށެވެ.
Welcome to the Sunny Side of Life Benjamin Duncan Moore, our first tourist of 2024! We are thrilled for another exciting year of making your time in the Maldives is nothing short of magical as you bask in the splendour of the Maldives! #VisitMaldives #SunnySideofLife pic.twitter.com/qo6owiXJL2
— Visit Maldives (@visitmaldives) January 1, 2024
އޭނާ މިދަތުރުގައި ރާއްޖޭގެ ފަރުތައް ބަލާލާއި އަދި ޑޯލްފިން ބަލަން ދިއުން ފަދަ ކަންކަން ކުރަން ގަސްތު ކުރާ ކަމަށް މީޑިއާތަކާއި ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.
އަހަރުން އަަހަރަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވަނީ، މިއަހަރު ރާއްޖެއަށް 2 މިިއަން ފަތުރުވެރިން ގެނައުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަހަރު ނިމުނުއިރު، 1.8 މިލިއަންއަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް މިހާތަނަށް ޒިޔާރަތް ކޮށްފައިވާ އެންމެ ގިނަ ފަތުރުވެރިންނެވެ. ސަރުކާރުގެ އާމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމަން ރޭވިފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.