Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

ސިފައިންގެ އިސް ވެރިޔަކު ރިޓަޔަކޮށްފި

ސިފައިންގެ ސާޖަންޓް މޭޖަގެ މަގާމުގެ އަދާކުރެއްވި ކޮމާންޑް ސާޖަންޓް މޭޖަ އަހުމަދު އަބްދުﷲ، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަކުރައްވައިފި އެވެ.

އޭނަ ރިޓަޔަކުރެއްވީ އިއްޔެ އެވެ.

އަހުމަދުގެ 31 އަހަރުގެ ސިފައިންގެ ހިދުމަތުގައި އެންމެ ފަހުން ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލްކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.