Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި އަސްލަމް ޔުގަންޑާއަށް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ، ކޮމަންވެލްތްގައި ހިމެނިވަޑައިގަންނަވާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 27 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ޔުގަންޑާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

މި ދަތުރުފުޅަށްފަހު އަސްލަމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސް އަސްލަމް ރަސްމީ ދަތުރުފުޅެއްގައި ޔުގާންޑާއަށް ފުރާވަޑައިގެންފައިވާއިރު މަޖިލިސް މި ދައުރަށް މިހާރު އޮތީ ނިންމާލާފައެވެ. އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުން މަޖިލީހުން ލަސް ކުރާތީ އެކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.