Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ޕީއެންސީއާ ގުޅުނީ ރައްޔިތުންނަށް ހިދުމަތް ކުރަން

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު - ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ ގުޅުނީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމި ހުރުމަށް ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އާ އަހަރާ ގުޅުވާ ނިހާދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މީހެއް ކަމަށެވެ.

ގިނަ ރައްޔިތުން އެދެނީ އޭނާ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުމަށްކަން ފާހަގަކޮށް ނިހާދު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ދެމިހުރުމަށް ސަރުކާރު ހިންގާ ޕާޓީއާ ގުޅިފައިވާ ކަމަށެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 13 މެންބަރަކު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފައެވެ.

އޭގެތެރޭގައި ހިމެނެނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނިހާދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަކީމް، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު، މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދު، ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޝާޒްއެވެ.