އިއްޔަ ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެއިން ގެއްލުން ލިބުނު ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 164 ގޭގެއަށް ލިބިފައިވާ ގެންލުންތައް ވަޒަންކުރުމަށް އެސެސްމަންޓް ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިއްޔެ މާލެއަށް ކުރި ވިއްސާރައިގައި ގެއްލުންވި 164 ގޭގެއަށް ލިބިފައިވާ ގެންލުންތައް ވަޒަންކުރުމަށް އެސެސްމަންޓް ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުން. ގެއްލުންތައް ވަޒަން ކުރުމަށް އެން.ޑީ.އެމް.އޭ އާއި އެކު @MNDF_Official @PoliceMv @WAMCOmv @maldivianrc ވަނީ ބައިވެރިވެފައި pic.twitter.com/oM8j8MQOkt
— NDMA Maldives (@NDMAmv) January 1, 2024
ގެއްލުންތައް ވަޒަން ކުރުމަށް އެންޑީއެމްއޭ އާއެކު އެމްއެންޑީއެފް، ޕޮލިސް، ވެމްކޯ އަދި ރެޑް ކްރެސެންޓުން ބައިވެރިވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.
އިއްޔަ މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ. އެގޮތުން މާލޭގެ 96 ގެއަކުން މީހުން ވަގުތީ ހިޔަލަށް ބަދަލުކުރަންޖެހޭކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހާމަކުރެއްވިއެވެ.