އަންނަ މަހު އައްޑޫގައި ބާއްވަން ނިންމާފައިވާ އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތުގައި 37 ސްކޫލަކުން ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
މި މުބާރާތް އޮންނާނީ އަންނަ މަހުގެ 11-16 އަށެވެ. އެތުލެޓިކްސް މީޓްގެ އިވެންޓްތައް އޮންނާނީ އައްޑޫ ސްޓޭޑިއަމްގަ އެވެ.
މިދިޔަ އަހަރު 33 ސްކޫލަކުން ވާދަކުރި އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތް އޮތީ ފުވައްމުލަކުގަ އެވެ. އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރި އެވެ. ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށް ގެންދިޔަ އެވެ.
މިދިޔަ އަހަރު އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.