Last Updated: November 25, 22:26
Tuesday, November 26, 2024
މުނިފޫހިފިލުވުން

މީނާ ކުމާރީގެ ރޯލަށް ކަންގަނާ

ކާމިޔާބު އެތައް ފިލްމެއް ކުޅެ ބެލުންތެރިންގެ ހިތްތައް ފަތަހަކޮށްފައިވާ "ޓްރެޖެޑީ ކްއީން" ގެ ނަމުން މަޝްހޫރު ކުރީގެ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއްގައި، އޭނާގެ ރޯލް ކުޅެން ބަތަލާ ކަންގަނާ ރަނާވަތަށް ހުށަހަޅައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓިގްމަންޝޫ ދޫލިއާ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމަށް ކަންގަނާ ގެންނަން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ފިލްމުގެ ޝޫޓިން އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ފަށަން ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

އެކަމަކު ކަންގަނާ މި ވަގުތު ދެ ފިލްމެއްގައި ވަރަށް ބިޒީކޮށް އުޅޭތީ ދޫލިއާ ތާވަލްކޮށްފައި އޮތް ދުވަސްވަރަށް ކަންގަނާ އަށް ވަގުތު ދެވޭނެ ކަމެއް އަދި ޔަގީނެއް ނޫނެވެ.

ދޫލިއާ ޕްރޮޑިއުސް ކުރި ފިލްމެެއްގައި މީގެ ކުރިން ވެސް ކަންގަނާ ވަނީ މަސައްކަތްކޮށްފަ އެވެ. އެއީ އަންހެން ޑޮންއެއްގެ ރޯލުން އޭނާ ފެންނަ "ރިވޯލްވަ ރާނީ" އެވެ.

މުމްބާއީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުން މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ އިންޑިއާގެ މަޝްހޫރު ޖާނަލިސްޓް ވިނޯދް މެހެތާ ލިޔެފައިވާ "މީނާ ކުމާރީ: ދަ ކްލަސިކް ބައޮގްރީ" ގެ މައްޗަށް ބިނާކޮށެވެ. އަދި އެ ފޮތުގެ ރައިޓްސް ޕްރޮޑިއުސަރު ސްނިލް ބޮހްރާ ވަނީ ގަނެފަ އެވެ.

މީނާ ކުމާރީއަކީ 1950 އާއި 1960 ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ބަތަލާ އެވެ.

އެހެން ނަމަވެސް ހަޔާތުގައި ކުރިމަތިލާން ޖެހުނު ހިތްދަތި ކަންތައްތަކާ ހެދި ރަލަށް ދެވިހިފައި، އުމުރުން އެންމެ 39 އަހަރުގައި މީނާ ކުމާރީ ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ މާޗް 31، 1972 ގަ އެވެ.

JYNSIF-4

އޭނާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "މުގްލޭ އާޒަމް"، "ޕަކީޒާ"، "ސާހިބް ބީވި އޯރް ގްލާމް" އަދި "ދިލް އޭކް މަންދިރް" ފަދަ ފިލްމުތައް ހިމެނެ އެވެ.

މީނާ ކުމާރީގެ ރޯލް "ކްއީން" ކުޅެގެން މިދިޔަ އަހަރުގެ ފިލްމްފެއާ އެވޯޑް ވެސް އުފުލާލައިފައިވާ ކަންގަނާ އަށް ހުށަހަޅާފައިވާ އިރު، މީގެ ކުރިން ވެސް އޭނާ ވަނީ ދެ ފިލްމެއްގައި ކުރީގެ ދެ ބަތަލާއިންނަށް ނިސްބަތްވާ ރޯލްތަކެއް ކުޅެފަ އެވެ.

އެއީ ޕަރްވީން ބާބީގެ މައްޗަށް ހެދި "ވޯ ލަމްހޭ" އާއި "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ" އެވެ.

ކަންގަނާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާ ޑަބަލް ރޯލަކުން ފެންނަ "ތަނޫ ވެޑްސް މަނޫ ރިޓާން" އާއި "ކައްޓީ ބައްޓީ" ގަ އެވެ.