ށ. ޅައިމަގުގައި ގާއިމުކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރެވެ.
އެ ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ދިވެހި ރާއްޖެ އަކީ ދުނިޔެއަށް ހުޅުވިފައިވާ ގައުމަކަށްވެފައި، ކުށް ދައުރުވުން އެހެނިހެން ގައުމުތަކާ އަޅާ ބަލާއިރު ހަލުވި ގައުމަކަށްވީތީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުށުގެ ވެށި ދޫވިޔަ ނުދިނުމަށް މަސައްކަތްކޮށް ކުށްކުރުމަށް ހުރި ހުރަސްތައް، ކުށް ކުރުމުގެ ކުރިން ނައްތާލަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ޅައިމަގު ޕޮލިސް ޕޯސްޓަކީ ދާޚިލީ ސަލާމަތާ ރައްކާތެރިކަމާ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒު ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ދީފައިވާ ފުލުހުންގެ ހިދުމަތެއް ލައިމަގުގައި ފޯރުކޮ ށްދިނުމަށް ގާއިމުކުރެވިގެން ދިޔަ ތަނެއް ކަމަށެވެ.