Last Updated: November 27, 17:17
Wednesday, November 27, 2024
ޚަބަރު

ނަބަވީގެ މުއައްޛިން ރާއްޖެ ވަޑައިގެންފި

މަދީނާގެ އަލްމަސްޖިދުލް ނަބަވީގެ މުއައްޛިން (ބަންގި ގޮވާ ބޭފުޅާ) އަދި މަދީނާ ޔުނިވަސިޓީގެ އުސްތާޛު، އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެ ވަޑައިގެންފިއެވެ. ޝެއިޚް އިޔާދު ރާއްޖެ ވަޑައިގެންނެވީ ޖަމިއްޔަތުއްސަލަފުގެ ޚާއްޞަ ދަޢުވަތަކަށެވެ.

އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެވަޑައިގެން ޖަމްޢިއްޔަތުއްސަލަފުގެ ގިނަ ޕްރޮގްރާމުތަކެއްގައި ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވެއެވެ."ސަލްމާން އަލް ފާރިސީ” މި މަޢުޟޫގައި ޝެއިޚް އިޔާދު ރާއްޖޭގައި ކުރައްވާ ތަގްރީރް އެއް މިރޭ 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެ އެވެ.

މީގެ ޖަމްޢިއްޔަތުއްސަލަފުގެ ތަޢުލީމީ މަޝްރޫޢު އިފްތިތާޙުކޮށް ދެއްވުމާއި، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިމަހު ށ.އަތޮޅުގެ ހުރިހާ ރަށެއްގައި ބާއްވާ ޚާއްޞަ “ރިޙްލާ” ދަތުރުގައިވެސް ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވާކަމަށްވެސް ޖަމިއްޔަތުއް ސަލަފުން މައުލޫމާތު ދެއްވައެވެ.

އައްޝައިޚް އިޔާދު ބިން އަޙްމަދު ބިން ޢައްބާސް ޝުކްރީ ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.