މިހާރު ގަމުގައި ކުރިއަށްދާ "އަލިކެފޭ ސްޓްރީޓް ސޮކަ 2013" ގެ މުބާރާތުގެ ތިން ވަނަ ދުވަހު ކުޅުނު މެޗްތަކުގެ ނަތީޖާ:
އިއްޔެ ހަވީރު އެފްސީ ލިޓްލް ވަންސް އަދި ކަޅަ ބެންޗަރ ބައްދަލުކުރި މެޗް ނިމުނީ 0-0 އެއްވަރުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ކަޅަ ބެންޗާގެ މުހައްމަދު ފަޒީލްއެވެ.
ރޭގެ ފުރަތަމަ މެޗްގައި ޝަންގްރިއްލާ ޔުނައިޓެޑް އަދި ގަން ޕޮލިސް ބައްދަލުކުރި މެޗް 1-2 ލަނޑުން ކާމިޔާބް ކުރީ ގަން ޕޮލިސް ޓީމެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކީ ގަން ޕޮލިސް ޓީމުގެ އިބްރާހިމް އަހުސަންއެވެ.
ރޭގެ ދެވަނަ މެޗްގައި ފްރަންޑްސް ކުލަބާއި ހިތަދޫ ޕޮލިސް ބައްދަލުކުރި މެޗް ފްރެންޑްސް ކްލަބް ކާމިޔާބް ކުރީ 3-1 ލަޑުންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކީ އިބްރާހިމް މުހައްމަދު ދީދީ (އިބީ)އެވެ.
ރޭގެ ތިންވަނަ މެޗްގައި އެމްއެންޑީއެފް އަދި އެފްއާރްޓީ ބައްދަލުކުރި މެޗް އެފްއާރްޓީއިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކީ އިބްރާހިމް އިޒްދިހާރުއެވެ.
ރޭގެ ފަހު މެޗްގައި ހިތަދޫ މަލްޓިޖީނިއަސް ސިޓީ އަދި ހިތަދޫ ޔަންގް ވަންސް ބައްދަލުކުރި މެޗް މަލްޓީޖީނިއަސް ބައްދަލުކުރި މެޗް ކާމިޔާބް ކުރީ 2-0 ލަނޑުންނެވެ. މޮޅު ކުޅުންތެރިއަކީ ޝަންވީލް ގާސިމް (ބޮންޑާ)އެވެ.