މިދިޔަ ހަފުތާގައި ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ، ގެއްލުންތަކެއް ލިބިފައި ވަނިކޮށް މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރަން މިއަދު ޕްރޮގްރާމެއް ފަށައިފި އެވެ.
މިއަދު ހެނދުނު މި ޕްރޮގްރާމް ޝަރަފްވެރިކޮށް ދެއްވީ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ކާނުތައް ސާފުކުރުމުގައި މިނިސްޓަރާއި އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ވަނީ އަމަލީ ގޮތުން ހަރަކާތްތެރިވެފައިވެ އެވެ.
ކައުންސިލުން ބުނީ މި ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް ދުވަހަށް ދެމިގެން ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުންޏެވެ.