އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރުން ބިންހެލުމެއް އައިސްފި އެވެ.
މެޓް އޮފީހުން ބުނީ ކާލްސް ބާގު ރިޖަށް ބިންހެލުން އައިސްފައިވަނީ މިއަދު ހަވީރު 4:46 ގައި ކަމަށެވެ. މި ބިންހެލުން އައިސްފައިވަނީ ރިކްޓަ މިންގަނޑުން 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ބިންހެލުން އައި ސަރައްހަދަކީ އައްޑޫ ސިޓީއާ 894 ކިލޯމީޓަރު ދުރު ސަރަހައްދަކަށްވީ ނަމަވެސް މި ބިންހެލުމުގެ ސަބަބުން ރާއްޖެ އަށް އަސަރެއް ނުކުރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.