މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން ސީޕްލޭން އެއާ ޓްރެފިކް މޫވްމެންޓުގެ އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ.
އެމްއޭސީއެލްއިން ބުނީ، މިއަދު ސީޕްލޭންގެ 649 އެއާ ޓްރެފިކް މޫވްމަންޓް (އޭޓީއެމް) ރެކޯޑު ކޮށްފައިވާ ކަމަށެވެ. އައު ސީޕްލޭން ޓާމިނަލްގެ އޮޕަރޭޝަން ފެށުމާއެކު މިއީ އެއްދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫވްމަންޓު ހެދުނު ފަހަރެވެ. މި ރެކޯޑު ހަދާފައިވަނީ މިމަހުގެ 2 ވީ އަނގާރަ ދުވަހުއެވެ.
މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި ސީޕްލޭން އެންމެ ގިނަ މޫވްމެންޓް ހަދާފައިވަނީ މިދިޔަ އަހަރެވެ. އެއީ 635 މޫވްމެންޓު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

A remarkable accomplishment with collaboration from @TransMaldivian, @MantaAir, and @MaldivianAero Seaplanes. Congratulations to the Noovilu team and seaplane operators for this outstanding achievement! https://t.co/o58ntkhdRE
— Maldives Airports Company Ltd – MACL (@MACLmedia) January 6, 2024

ސީޕްލޭން އޮޕަރޭޝަންގެ ރެކޯޑު އެމްއޭސީއެލްއިން ހަދާފައިވާއިރު، ވެލާނާ އެއާޕޯޓުގެ އައު ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފާށާފައިވަނީ 2022 ވަނަ އަހަރުއެވެ. އެއީ ޖާގަ ތަނަވަސް އަދި އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތް ދެވޭގޮތަށް ތައްޔާރުކޮށްފައިވާ ޓާމިނަލެކެވެ.
ރާއްޖޭގައި ސީޕްލޭން އޮޕަރޭޝަން ކުރިއަށް ގެންދަނީ މައިގަނޑު 3 ބައެެކެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮަޕަރޭޓަރ ޓީއެމްއޭއާއި، މޯލްޑިއަން އަދި މަންޓާ އެއާއިންނެވެ.