މަހުގެ އަގު ކުޑަ ކުރުމާއި ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ކެބިނެޓުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވަނީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދައްކައި ނިންމާނެ ގޮތަކާއި މެދު އިކޮނޮމިކް ކައުންސިލްގައު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ފަހު މަހުގެ އަގަށް ބަދަލު ގެނައުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.
" އަދި މިކަންކޮށް ނިންމުމަށް ފަހު ފިނި ކުރި މަހުގެ އަގު 20ރ. އަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15ރ. އަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ. " ނާޒިމް ވިދާޅުވިއެވެ.
މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ އަދިވެސް އެއްކޮށް ދޫނުކުރެވެއެވެ. ސަރުކާރު ހަވާލުވުމާއި ހަމައަށް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދެމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަސްވެ އަދި މިހާތަނަށް ވެސް ބާކީ ހުރީ ފައީސާ މަސްވެރިންނަށް ނުލިބުނުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.
މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ތެރޭގައި 17ރ. އިން 25ރ. މަތިކޮށްފައެވެ. އޭރު މިހާރު ވެރިކަން ކުރާ ރައީސް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށް ވަނީ ހިމަނާފައެވެ. މަހުގެ އަގު މަތި ކުރީ ޔޫކޭ މާކެޓަށް މަހުގެ ޑިއުޓީ އުނިކުރުމާއި ގުޅޭގޮތުން އިޝާރާތެއް ލިބުމާއެކު ކަމަށް ސަރުކާރުން ބުނެއެވެ.
މިވަގުތު މިފްކޯއިން ފިނި ކުރި މަސް ގަންނަނީ 25ރ. ގައެވެ. އަދި ފިނި ނުކުރާ މަސް ގަންނަނީ 23ރ. ރޭޓުގައެވެ.