Last Updated: November 29, 16:28
Friday, November 29, 2024
ޚަބަރު

ނައިބުގެ މޮންޓަނޭގްރޯގެ ދަތުރަށް ހަ ލައްކައެއްހާ ރުފިޔާ

މިދިޔަ މަހު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މޮންޓަނޭގްރޯ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރަށް 500،000ރ. އަށް ބޮޑު އަދަދެއް ހޭދަވި ކަމަށް ރައަީސް އޮފީހުން ބުނެފި އެވެ.

އެތަނުން އާންމުކުރި އެ ދަތުރުގެ ހަރަދާ ގުޅޭ ތަފުސީލުގައިވާ މިދިޔަ މަހުގެ 23-27 އަށް ކުރި ދަތުރަށް 589،736ރ. ހަރަދުކޮށްފައިވެ އޭގެ ތެރޭގައި ހިމެނެނީ ބިޒްނަސް ކްލާހުގެ ފަސް ޓިކެޓަށް ހަރަދުވި 492،746ރ. އާއި ދަތުރުގައި ބައިވެރިވަޑައިގަތް ފަސް ބޭފުޅުންގެ ޕޮކެޓުމަނީ އަށް 64،638ރ. އާއި ފަސް ބޭފުޅުންގެ ފަރިއްކޮޅަށް (މޮންޓަނޭގްގްރޯ) 23،823ރ. އާއި ފަސް ބޭފުޅުންގެ ފަރިއްކޮޅަށް (އިސްތަންބޫލް) 7،895ރ. ގެ އިތުރުން ވިސާ އަށް ހަރަދަށް 633ރ. އެވެ.

ނައިބު ރައީސް މޮންޓަނޭގްގްރޯ އަށް ކުރެއްވި ދަތުރަކީ އެ ގައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި ތިން ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.

ނައިބު ރައީސް މިދިޔަ މަހުގެ 4-14 އަށް ޗައިނާ އާއި ސްވިޓްޒަލޭންޑަށް ކުރެއްވި ދަތުރަށް 3،189،544.58ރ. ހޭދަވި އެވެ.