ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އެމްޑީޕީން ތައްޔާރަށް އޮތްތޯ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ސުވާލު އުފައްދައިފިއެވެ.
އާޒިމް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން ޕޮލިސީ ނަގަހައްޓާ ހަމަމަގަށް އެޅުވުމުގައި ޑިމޮކްރެޓްސް ޕާޓީން ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި އަވަށްޓެރި ވަކި ގައުމެއް އެކަހެރި ކުރުމާ ދެކޮޅަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރާނެ ކަމަށެވެ.
އާޒިމް ވަނީ ރައީސް މުއިއްޒު މަގާމުން ދުރުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް އެމްޑީޕީން ތައްޔާރަށް އޮތްތޯ ސުވާލު ކޮށްފައެވެ. އަދި ރައީސް މުއިއްޒު އަޒުލުކުރުމަށް ނޯ ކޮންފިޑެންސް ވޯޓެއް ވެއްދުމަށް އެމްޑީޕީން ތައްޔާރުތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.
We, d Democrats, r dedicated to upholding d stability of the nation's foreign policy n preventing d isolation of any neighboring country.
R u willing to take all necessary steps to remove prez @MMuizzu from power? Is @MDPSecretariat prepared to initiate a vote of no confidence?— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) January 8, 2024
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މަލާމާތްކޮށް ޓްވީޓު ކުރި މައްސަލައެއްގައި ތިން ޑެޕިއުޓީ މިނިސްޓަރަކުވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފާއި ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ އަދި ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދުއެވެ.
ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑްކޮށްފައިމިވަނީ ސަރުކާރުގެ އިސްވެރިން ހިމެނޭހެން މޯދީއަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި އިންޑިއާ އާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވަރުގަދަ ކޯޅުމެއް ހިނގަމުން ދަނިކޮށެވެ.
މިކަމުގެ ތެރެއިން މިއަދު ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރު އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށްވެސް ހާޒިރުކޮށްފައެވެ.
މޯދީ އަށް މަލާތާމްކޮށް ކުރި ޓްވީޓުތަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ބޭރުގެ ޤައުމުތަކުގެ ވެރިންނާއީ، މަތީ ފަންތީގެ ވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ކޮށްފައިވާ މަލާމާތާއި ހުތުރު ބަސްތައް ސަރުކާރަށް ފާހަގަވެފައިވާ ކަމަށާއި ނަމަވެސް އެއީ ސަރުކާރުގެ ރަސްމީ ސިޔާސަތެއް ނޫން ކަމާއި އެއީ، އެ ޚިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ޚިޔާލު ކަމަށް ވަނީ ބުނެފައެވެ.
އިންޑިއާއިން ސޯޝަލް މީޑިއާގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ބޮޑު ކެމްޕެއިނެއް ޖައްސަމުންދާއިރު، މިކަން ފެށުނީ ލަކްޝަދީޕް ޕްރޮމޯޓުކޮށް މޯދީ އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން ހިމެނޭ ގޮތަށް ގިނަ ބަޔަކު މަލާމާތްކޮށް ފުރައްސާރަ ކުރަން ފެށުމުންނެވެ.
ހިޔާލު ފާޅުކުރައްވާ