Last Updated: December 5, 06:25
Thursday, December 5, 2024
ޚަބަރު

ތިން ކޯޓެއްގެ އިމާރާތްތަކުގެ ހާލަތު އޭޖީ ބައްލަވައިފި

ފޮޓޯ: އޭޖީ އޮފީސް

ތިން ކޯޓެއްގެ އިމާރާތްތަކުގެ ހާލަތު ބަންޑާރަނައިބު އަހުމަދު އުޝާމް ބައްލަވައިފިއެވެ.

އެގޮތުން އުޝާމް މިއަދު ވަނީ ކްރިމިނަލް ކޯޓާއި، ސިވިލް ކޯޓާއި، ފެމިލީ ކޯޓަށް ޒިޔާރާތް ކުރައްވާ އެ ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ބައްލަވާފައެވެ.

މި ޒިޔާރަތުގައި އޭޖީ އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭޖީ އުޝާމް ވިދާޅުވިއެވެ.