މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒްލައިނާ އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ގެނެސްފިއެވެ.
އިންޑީއާގެ ކޮޗިންއިން މިއަދު ފުރައިގެން އައިސް ރާއްޖެ އައީ މިއަދު ހެނދުނުގެ 6:00 ޖެހިއިރު ކަމަށް ރާއްޖޭގެ ޔޮޓް އޭޖެންޓުން ތަމްސީލު ކުރާ މާޔާ މޯލްޑިވްސް އިން ބުނެއެވެ. މާޔާއިން މީޑިއާތަކަށް ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި ކްރޫޒްލައިނާގައި ރާއްޖެއަށް 2000 އެއް ހައި ފަތުރުވެރިން ވަނީ އިައިސްފައެވެ.
MS. Costa Serena is on schedule to call port of Male' on 08/JAN/2024 at 06:00 hrs, making her the first Cruiseship to call this year.
We appriciate all the assistance and support by the Government and Agencies who work with us in close connections.
Looking forward to what is… pic.twitter.com/TRwekwzLQ4— mayamaldives (@mayamaldives) January 7, 2024
މިއަދު އައިފަތުރުވެރިންގެ ތެރޭގައި ގިނައީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. މިއަދު އައި ކްރޫޒްލައިނާއިން މާލެއަށް ގިނަ ފަތުރުވެރިން ވަނީ ގޮސްފައެވެ. އަދި މާލޭގެ އެކި ސަރަހައްދުތައް ބަލާލުމުގައި އާއި ވިޔަފާރި ކުރުމުގައި މަގުތައް މަތީ ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ކައިރިރައްތަކަށާއި ރިސޯޓުތަކަށް ފަތުރުވެރިން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.
"ކޮސްޓާ ސެރީނާ" ނަމަކަށް ކިޔާ އިޓަލީއަށް ނިސްބަތްވާ މި ކްރޫޒް ލައިނާއަކީ ރާއްޖެ މިއަހަރު ދަތުރު ކުރާނެ އެންމެ ބޮޑު ކްރޫޒްލައިނާ ކަމަށް މާޔާ އިން ބުނެއެވެ. މިއީ ގާތްގަނޑަކަށް 3700 މީހުންގެ ޖާގައިގެ ކްރޫޒްލައިނާއެކެވެ.
މިއަހަރު ރާއްޖޭގެ 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ ޓާމިނަލް މިއަހަރުގެ ޕީކް ސީޒަނަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު އެއާޕޯޓު ފުޅާ 20 އަހަރު ތެރޭ އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށް ވެލާނާ އެއާޕޯޓު ތަރައްޤީ ކުރުމުގެ ތަޞައްވަރެއްވެސް ސަރުކާރުން ވަނީ އާންމުކޮށްފައެވެ.