ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ކޯސްތަކަކަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ހުޅުވައިލީ ފަސް ކޯހަކަށެވެ. އެއީ އެޑްވާންސްޑް ސެޓްފިކެޓް އިން ސޯޝަލް ސާވިސެސް ވޯކް އާއި އެޑްވާންސްޑް ސެޓްފިކެޓް އިން ކައުންސެލިން އާއި ޑިޕްލޮމާ އިން ކައުންސެލިން އާއި ބެޗްލަ އޮފް ސޯޝަލް ވޯކްގެ އިތުރުން ބެޗްލަ އޮފް ކައުންސެލިން އެވެ.
މިނިސްޓްރީން ބުނީ ގައުމީ ޔުނިވަސިޓީއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.