ޖުވެނައިލް ޖަސްޓިސްއާ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި އެވެ.
އައްޑޫ ސިޓީ ޕޮލިހާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން އައްޑޫގެ ސްކޫލުތަކުގެ ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި އަވަށްތަކުގެ މުޖުތަމައުގެ އަމާޒުކޮށްގެން ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދާ ޕްރޮގްރާމް މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ޕްރޮގްރާމް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
އެގޮތުން ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ބޭއްވީ ނޫރާނީ ސްކޫލުގެ ބެލެނިވެރިންނަށެވެ. ބޭއްވި ސެޝަނަކުންނެވެ. އެ ސެޝަންގައި، ހޯމް މިނިސްޓަރުގެ ނައިބު މަރިޔަމް ޝިފާނާ ޢަލީ ސަލީމާއި އައްޑޫ ސިޓީ ޕޮލިސް ކޮމާންޑަރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު މަސްއޫދާއި، ނޫރާނީ ސްކޫލްގެ ޕްރިންސިޕަލާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރު ހައްވާ ޒިމްނާ އާއި އައްޑޫ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުން ބައިވެރިވި އެވެ.
މި ޕްރޮގްރާމްގެ ދަށުން އައްޑޫގެ ހުރިހާ އަވަށްތަކެއްގެ ސްކޫލްތަކަށާއި، ބެލެނިވެރިން، ދަރިވަރުން، އަދި މުއައްސަސާތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ. ސެޝަންތަކުގައި ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް ހޭލުންތެރިކުރުމާއި، ބެލެނިވެރިކަމުގެ ހުނަރުތަކާއި، ދަރިވަރުންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތްތައް ބުނެދޭނެ އެވެ.
މި ޕްރޮގްރާމުގެ ސެޝަންތަކުގައި މަޢުލޫމާތު ދެއްވަނީ ޑިޕރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފެސިލިޓޭޓަރުންނާއި ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒްގެ ފެސިލިޓޭޓަރުންނެވެ.