އެކްސްގައި ހަސަން ކުރުސީގެ ނަމުގައި އެކައުންޓެއް ހިންގަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަރިކަނބަލުން މީރާ ކަމަށް އިންޑިއާގެ ބަޔަކު ތުހުމަތުކޮށްފި އެވެ.
އެކަމާ ގުޅުވައި ކޮށްފައިވާ ޕޯސްޓްތަކެއްގައި ބުނެފައި ވަނީ މީރާ އެކަން ކުރަނީ އިނގިރޭސިވިލާތުގައި ހުރެގެން ކަމަށާއި އަދި އެ އެކައުންޓް ހިންގަނީ ފްރީޑަމް ކިޔާ ޖަމާއަތަކުން ފަންޑްކޮށް ދީގެން ކަމަށެވެ. ރާއްޖޭގެ ބައެއް ސިޔާސީ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ހަސަން ކުރުސީ އަކީ ނަޝީދެވެ.
As I said this account is being operated from the UK.
She is Meera Nasheed aka @HKurusee, daughter of the former president of Maldives. He was in jail.
Meera Nasheed has worked with Soros-funded NGO Freedom Now to get the release of his father and now she is working for Soros. https://t.co/NV3UUlVuvN pic.twitter.com/ekojhjp2vJ— Vijay Patel🇮🇳 (@vijaygajera) January 9, 2024
ނަމަވަސް އެ އެކައުންޓާއި ނަޝީދު ގުޅުވާތީ އޭގެ މައްސަލަ ބަލައިދޭން ފުލުހުންނަށް ވެސް ނަޝީދު މިދިޔަ އަހަރު ހުށަހެޅުއްވި އެވެ. މި އެކައުންޓް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްލޮކް ވެސް ކުރި އެވެ. އެކަމަކު ބްލޮކްކުރިތާ މާ ގިނައިރުތަކެއް ނުވެ އެކައުންޓް އިޔާދަކޮށްފައިވެ އެވެ.
I’d like to state for the record that I do not operate, control, or have anything to do with the @HKurusee X account, nor does my daughter, Meera. Also, I do not agree with the anti-India views that the account is spreading.
— Mohamed Nasheed (@MohamedNasheed) January 10, 2024
ހަސަން ކުރުސީ އެކައުންޓް ނަޝީދާއި ދަރިކަމނބަލުން މީރާއާ ގުޅުވާތީ ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެކައުންޓާއި އެ ދެބަފައިންނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ހަސަން ކުރުސީ އެކައުންޓުން އިންޑިއާ ދެކޮޅަށް ފާޅުކޮށްފައި ހުންނަ ވާހަކަތަކަކީ އެ މަނިކުފާނު ގަބޫލުކުރައްވާ ކަންތައްތަކެއް ނޫން ވެސް ވިދާޅުވެފައިވެ އެވެ.