Last Updated: November 29, 16:39
Friday, November 29, 2024
ޚަބަރު

މި މަހު އައި ޓޫރިސްޓުން 50،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 50،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެ 50،983 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައީ 47،931 ޓޫރިސްޓުންނެވެ. މި އަހަރު ފެށުނު ފަހުން އެވަރެޖްކޮށް ދުވާލަކު 5،600 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރެ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެ ގައުމުން 7،601 ޓޫރިސްޓުން އައިސްފައިވާ އިރު، އިޓަލީން 7،204 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އިން މި އަހަރުގެ މިހާތަނަށް އައީ 3،791 ޓޫރިސްޓުންނެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން 3،753 ޓޫރިސްޓުން އައިސްފައިވާ އިރު، ޖަރުމަނުން 3،178 ޓޫރިސްޓުން، އެމެރިކާ އިން 1،996 ޓޫރިސްޓުން، ޗައިނާ އިން 1،676 ޓޫރިސްޓުން، ފްރާންސުން 1،402 ޓޫރިސްޓުން ފަތުރުވެރިން ކަޒަކިސްތާނުން 1،332 ޓޫރިސްޓުން އަދި ސައުދީ އަރަބިއްޔާ އިން 1،182 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރު ރާއްޖޭގެ އަމާޒަކީ މަދުވެގެން 2 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަ އެވެ.