ޗައިނާއާ އެކޫ ރާއްޖް އިން މިއަދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ބައިވެރިވެވަޑައިގަތެވެ.
ދެ ގައުމުގެ މެދުފައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ބެލްޓް އެންޑް ރޯޑް ކޯޕަރޭޝަން އެންޑް ބްލޫ ޕާޓްނަޝިޕާއި ކާބަން މަދުކުރުމާއި ބްލޫ އިކޮނޮމިކް ކޯޕަރޭޝަން އެމްއޯޔޫ ހިމެނެ އެވެ.
މީގެ އިތުރުން ކާރިސާތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގްރީން ޑިވެލޮޕްމަންޓް އެމްއޯޔޫ އަކާއި ޑިޖިޓަލް ދާއިރާ ތަރައްގީ ކުރުމާއި ސޯޝަލް ހައުސިން އާއި އެއާޕޯޓް ތަރައްގީ ކުރުމު އެއްވަސްވުން ވެސް ހިމެނެ އެވެ. ހަމަމިއާ އެކީ މީޑިއާ ތަރައްގީ ކުރުމާއި އަދި އެހެން ގިނަ ދާއިރާތަކުން ދެ ގައުމުން ސޮއިކުރި އެވެ.
ނަމަވެސް މި އެއްބަސްވުބްތަކާ ގުޅޭ ތަފުސީލުތަކެއް އަދި ދެ ސަރުކާރުން ވެސް ނުދެ އެވެ.