މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) އަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އާޒިމާ ޝަކޫރު މައްޗަށް ސިވިލް ކޯޓުން އިއްވި ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މަހުގެ 2 ދުވަހު އާޒިމާގެ މައްޗަށް އިއްވި ޙުކުމާ ގުޅިގެން މާލޭގެ މޭޔަރު ކަމަށްވާ ވާދަކުރައްވާ ކުރީގެ އެޓާނީ ޖެނެރަލްގެ މައްޗަށް ހުކުމްކުރީ އައިރު ހާޒިރުގަ އެވެ. އާޒިމާ ވިދާޅުވީ އެމްއައިބީގެ އެ ލޯނަކޯ ހުޅުމާލޭގައި އެކަމަނާ ދިރިއުޅުއްވަމުން ގެންދަވާ ފްލެޓް ގަތުމަށް 2016 ގައި ނަންގަވާފައިވާ ލޯނެއް ކަމަށެވެ.
އާޒިމާ ވިދާޅުވި ގޮތުގައި ބޭންކަށް ހަތަރު މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމެއްކޮށްފައި ވަނީ ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަ ދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ބޭންކުން ވަނީ ލޯނު ރީސްޓްރަކްޗާކުރުމާ މެދު ވަކި ގޮތެއް ނިމެންދެން ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ މަޑުޖައްސައިލަން ކޯޓަށް ލިޔުމުން އަންގައި އެކަމުގެ ޔަގީންކަން ވެސް ދީފައި ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މައްސަލާގައި ހުކުމް ކުރީ އެކަމަށް ބޭންކުން އެދުމުން ކަަމަށް ވެސް ވިދާޅުވި އެވެ. އަދި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާތީ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް އާޒިމާ ވިދާޅުވި އެވެ.
އާޒިމާގެ މައްޗަށް ސިވިލް ކޯޓުން އިއްވި ހުލުމުގައި އެމްއައިބީ އަށް މިހާތަނަށް ދައްކަން ޖެހޭ 4،030،856ރ. އާއި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499ރ. ދެއްކުމަށެވެ.